ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2023/82
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
28 ޑިސެންބަރު 2023 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމް" އަދާހަމަކުރުމާ ގުޅޭ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު އަދާހަމަކުރަންބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކިނބިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ނައިބް ރައީސާ އާމިނަތު ސަމާ (9567505) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.
08 ޖުމާދަލްއާޚިރާ 1445
21 ޑިސެމްބަރ 2023
21 ޑިސެންބަރު 2023