ދިވެހިރާއްޖެ
އިއުލާން
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑުވަރުވާއުޞޫލުން2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)303-AS/303/2023/49 (14 ނޮވެމްބަރ 2023) އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަށް ބަލައިގަތުމުގައި އިދާރީގޮތުން މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 26 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑުހުށަހެޅުން އޮންނާނީ 31 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ބޭރުގައި " މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ މަތީ ކަނުގައި " ވަރުވާ އުޞޫލުން ރުއްގަނޑު ހޯދުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ނުވަތަ ފަރާތެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް ރަސްމީ ގަޑީގައި އުނގޫފާރު ކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.