ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2023/57
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 31 ޑިސެންބަރު 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާގުޅޭ:

               މި އިދާރާގެ ނަންބަރު: (IUL)408-CA/408/2023/41 (26 ސެޕްޓެންބަރު 2023) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ޢިއުލާނާ ގުޅިގެން، ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީގައި ޢާންމު ރައްޔިތުންގެ ތެރެއިން 2 ފަރާތެއް ހިމެނުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

               ވީމާ، މި ކޮމިޓީގައި ހިމެނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. 02 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ 2 ފަރާތެއް ކަނޑައަޅާނީ ކައުންސިލުންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރަށެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

21 ޑިސެންބަރު 2023