ދިވެހިރާއްޖެ
މި ސްކޫލުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ!
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ސްކޫލުގެ ހޯލު އިމާރާތުގެ ސީލިން ފަންކާ ބަދަލުކުރުމުގެ މަސައްކަތް
- ދަރިވަރުން ބޭނުންކުރާ ފާޚާނާގެ މަރާމާތުގެ މަސައްކަތް
- ސްކޫލުގެ ދެފަރާތުގެ ގޭޓް ތަޅުން މަރާމާތު ކުރުމުގެ މަސައްކަތް
- ސްކޫލުގެ ވަށައި ފާރުގައި ކުލަ ލުމުގެ މަސައްކަތް
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސްކޫލުގެ 7983090 ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި މައުލޫމާތު ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ރަޖިސްޓްރީ ކުރުމުގެ މުއްދަތު |
24-25 ޑިސެންބަރު 2023 (އާދީއްތަ) ދުވަހުގެ ހެނދުނު 10:00 އަށް |
މަޢުލޫމާތު ސެޝަން |
26 ޑިސެންބަރު 2023 (އަންގާރަ) ދުވަހުގެ ހެނދުނު 10:00 ގައި |
އަގުފޯމް ހުށަހެޅުމާއި އަގު އިޢުލާން ކުރުން |
28 ޑިސެންބަރު 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި |
މި، އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތަށް ކޮލިފައިވާ ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.