ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2023/58
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 31 ޑިސެންބަރު 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

                     މި ރަށު ސްލިޕްވޭގެ އުތުރުން އޮތްމަގުގެ ހުޅަނގު ފަރާތުގައިވާ ރުއްތަކުގެ ވެރިން ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/53 (04 އޮކްޓޫބަރު 2023) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

                     ވީމާ، އެ ސަރަޙައްދުގައި ފެހިކުލައިގެ ދަވާދުން 1 އިން 90 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު 31 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

                    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2023