ބީލަން
ނަންބަރު: TENDER/URH/2023/45
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 31 ޑިސެންބަރު 2023 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން އަދި ނައިޓްރަސް - އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކް މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން އަދި ނައިޓްރަސް - އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކް މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށްކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލަށް ބޭނުންކުރަމުންދާ މެޑިކަލް އޮކްސިޖަން، އަދި ނައިޓްރަސް – އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކްސް މަސައްކަތްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، އަދި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: (މުއްދަތު) – 21 ޑިސެންބަރު 2023 އިން ފެށިގެން 31 ޑިސެންބަރު  2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް.

އީމެއިލް: [email protected] ފޯނު ނަންބަރ: 6583007

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު.

ތާރީޚް: 04 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަސް

ގަޑި: 11:00 (މެންދުރު)

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތްކޮށްދިނުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1445

21 ޑިސެންބަރު 2023