ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/312
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 25 ޑިސެންބަރު 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޭޝަން މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސްޓޭޝަން މެނޭޖަރ  

ވަޒީފާގެ ދާއިރާ:

ވ. ފެލިދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/10,000ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ޙާޞިލްކޮށްފައިވުން ނުވަތަ،
  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  1. އިންޖީނުގޭގެ މެނޭޖަރެއްގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އިންޖީނުގެ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.
  2. އިންޖީނުގެ ހިންގުމާއި ޙަވާލުވެހުންނަ އެންމެއިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް، ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  3. މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން
  4. ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ހުރިހާ ކަމެއްގައި ހަމަޖެހިފައިވާ ޤަވާއިދު ތަކާއި އުސޫލް ތަކާއި އެއްގޮތަށް ޢަމަލު ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

25 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ. ފެލިދޫ އިންޖީނުގެ އަށް 25 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

06 ޖުމާދަލްއާޚިރާ 1445

21 ޑިސެންބަރު 2023

21 ޑިސެންބަރު 2023