މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިއުކޭޝަން)
|
ބޭނުންވާ ޢަދަދު: 1
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
ނޯޓު:
|
މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ.
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަން)
|
ADG4/17
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ:
2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
5,778.10 ރުފިޔާ
|
2476.33 ރުފިޔާ
|
ADG4/18
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
5,956.80 ރުފިޔާ
|
2,552.92 ރުފިޔާ
|
ADG4/19
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,141.04 ރުފިޔާ
|
2,631.87 ރުފިޔާ
|
ADG4/20
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,330.97 ރުފިޔާ
|
2,713.27 ރުފިޔާ
|
ADG4/21
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,526.77 ރުފިޔާ
|
2,797.19 ރުފިޔާ
|
ADG4/22
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,728.62 ރުފިޔާ
|
2,883.70 ރުފިޔާ
|
ADG4/23
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.
|
6,936.73
|
2,972.88
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
- މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ %35) ދެވޭނެއެވެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއިއެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކޮންމެ ސެމިސްޓަރ އެއް ފެށުމާއިއެކު ފެކަލްޓީ/ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންނަށް ބައިވެރިވެވެން ހުރި މާއްދާތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެންގުމާއި މޫޑުލް އަދި އައިސިމްސްގައި އެ މާއްދާތައް ތައްޔާރުކުރުމާއި ރަޖިސްޓަރވާ ދަރިވަރުންގެ މަޢުލޫމާތުތައް ބެލެހެއްޓުން
- މާއްދާތަކުގެ އައުޓްލައިންތަކުގެ ސޮފްޓް ކޮޕީ ކިޔަވައިދެއްވާ ލެކްޗަރާރުންނަށް ފޮނުވުމާއި، ލެކްޗަރާސް އަށް ކަޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް އެ ކުއްލިއްޔާ/ސެންޓަރ އަށް ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރާރުންގެ ސީ. ވީ. ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، އެ ލެކްޗަރާރުންގެ ފޯމްތަކާއި މަޢުލޫމާތުތައް ހިއުމަން ރިސޯސް ސެކްޝަނަށް ފޮނުވުން
- ޑީންގެ އިރުޝާދާއި އެކު ޕާޓް-ޓައިމް ލެކްޗަރާރުންގެ ޕޫލް އަޕްޑޭޓުކުރުމާއި ބެލެހެއްޓުން
- އެކިއެކި ކަންކަމުގައި ފެކަލްޓީއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
- ކުއްލިއްޔާގެ ކުލާސްތައް ކެންސަލްވުމާއި ކުލާސްތައް ރީޝެޑިއުލްކުރުން ފަދަ ކަންތައްތަކާއި އަދި އެ ކުއްލިއްޔާގެ ދަރިވަރުންގެ ޝަކުވާތަކާއި މެޑިކަލް ރިޕޯޓުތަކުގެ އިތުރުން ޕާޓްޓައިމް ލެކްޗަރަރސް ގެ ހުށަހެޅުންވުން ފަދަ އެންމެހައި ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަމުން ދިއުން.
- ކޯސް މެދުކަނޑާލުމަށް ނުވަތަ ކޯހުން ވަކިވުމަށް އެދި އަދި ސެޓްފިކެޓް ނުވަތަ ލިޔުން ހޯދުމަށް އެދި ދަރިވަރުން ހުށަހަޅާ ފޯމުތައް ރައްކާކޮށް، އެ ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
- ކޮންމެ ސެމިސްޓަރ އެއް ނިމުނުން ކަނޑައެޅިފައިވާ ފެކަލްޓީ/ސެންޓަރުގެ ދަރިވަރުންގެ ސަބްޖެކްޓު އެޓެންޑެންސް ރިޕޯޓާއި ލެކްޗަރާރުންގެ އެޓެންޑެންސް ރިޕޯޓު ކޮންޓެކްޓު އަވަރސް އިނގޭނެހެން ތައްޔާރު ކުރުމަށްފަހު ފޮނުވަންޖެހޭ ޑިޕާރޓުމަންޓު ތަކަށް ފޮނުވުން
- ކުއްލިއްޔާ/ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
- ކުއްލިއްޔާ/ސެންޓަރުގެ ރިސެޕްޝަންގެ ޑެސްކް ބެލެހެއްޓުން.
- ކުއްލިއްޔާ/ސެންޓަރުގެ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހަކު ހެދުން
- ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާޓްޓައިމް/ފުލްޓައިމް ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
- ކުއްލިއްޔާ/ސެންޓަރުގެ ސިއްރުތަކަށް ރައްކާތެރިވުމާއި، ކޯސްތަކާއި ކޯސްތަކުގެ މަންހަޖައި އަދި ކޯސްތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް ކޯސްތައް ހިންގުމާއި ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
- ކުއްލިއްޔާގެ ލެކްޗަރަރުންގެ އިވެލުއޭޝަންތައް މޮޑިއުލްތަކުގެ ކޯޑިނޭޓަރުންގެ އެހީތެރިކަމާއެކު ފުރިހަމަ ކުރުމަށްފަހު، އޭގެ ރިޕޯޓްތައް ތައްޔާރުކޮށް ރައްކާކުރުން
- ހުރިހާ ޑިޕާޓްމަންޓްތަކުން މަޢުލޫމާތު ހޯދައިގެން، ކުއްލިއްޔާ/ސެންޓަރުގެ ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
- ކަޑައެޅިފައިވާ އުސޫލުން އިމްތިޙާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުން
- ފަހު އިމްތިޙާނު ހަދާ މާއްދާތަކުގެ މަޢުލޫމާތާއި އިމްތިޙާނުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ދަރިވަރުންގެ މަޢުލޫމާތާއި ޙާޟީރީތައް އިމްތިޙާނާ ބެހޭ ޔުނިޓަށް ފޮނުވުމާއި، އިމްތިޙާނު ކަރުދާސްތަކުގެ ބޭރުގަނޑު ތައްޔާރުކުރުމާއި، މޫޑުލަށް އަޕްލޯޑުކުރުން ނުވަރަ ހާޑް ކޮޕީ އިމްތިޙާނާއި ބެހޭ ޔުނިޓާއި ހަވާލުކުރުން
- ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ކުއްލިއްޔާ/ސެންޓަރު ހުޅުވައި ލެއްޕުން.
- ކުއްލިއްޔާ/ސެންޓަރުގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
https://jobs.ium.edu.mv/
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 28 ޑިސެންބަރު 2023 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނ 2 ޖަނަވަރީ 2024 އާއި 8 ޖަނަވަރީ 2024 ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|