ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އޮފިސަރ، ޕްރޮކިއުމަންޓް |
|
ޑިޕާޓްމަންޓް: |
ޕްރޮކިއުމަންޓް |
|
ބޭނުންވާ ޢަދަދު: |
01 |
|
ޝަރުތުތައް: |
- ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން - މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
|
މަސްޢޫލިއްޔަތު: |
- ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން. - ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިއުންތައް ދިރާޝާކޮށް ރިޕޯޓު ތައް ތައްޔާރު ކުރުން. - ޕާރޗޭސިންގ ކޮމެޓީގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން. - ސަޕްލަޔަރ ޑޭޓާބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން. |
|
މުސާރަ: |
11،000ރ އާއި 13،000ރ ދެމެދު |
|
ވަޒީފާގެ ބާވަތް: |
ދާއިމީ |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް |
|
މަޤާމް: |
އޮފިސަރ، ސޭލްސް އޮޕަރޭޝަން |
|
ޑިޕާޓްމަންޓް: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ ޢަދަދު: |
01 |
|
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން - މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
|
މަސައްކަތުގެ ބާވަތް: |
- ކަސްޓަމަރުންގެ ފޯން ކޯލްތަކާއި ދިމަވާ މައްސަލަތަކަށް ޖަވާބުދީ ސޭލްސް އޯޑަރުތައް ނެގުން - ލޮޖިސްޓީކްސް ޑިޕާޓްމަންޓާއި މުޢާމަލާތްކޮށް ކުންފުނީގެ ތެޔޮ ޑެލިވަރީތައް ތާވާލުކުރުން - ސޭލްސް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން |
|
މަހު މުސާރަ: |
11،000 އާއި 13،000 ރ އާއި ދެމެދު |
|
ވަޒީފާގެ ބާވަތް: |
ދާއިމީ (ސިފްޓް ޑިއުޓީ) |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހޭޑް އޮފީސް - ސޭލްސް އެންޑް މާކެޓިންގ |
|
މަޤާމް: |
ސޭލްސް އެސިސްޓަންޓް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ އަދަދު: |
01 |
|
ޝަރުތުތައް: |
- އޯލެވެލް ފުރިހަމަކޮށްފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
|
މަހު މުސާރަ: |
11،000ރ އާއި 12،000ރ އާއި ދެމެދު |
|
ވަޒީފާގެ ބާވަތް: |
ދާއިމީ (ސިފްޓް ޑިއުޓީ) |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް އީޒީފިލް ގދ.ތިނަދޫ ސައިޓް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 24 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.