ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD/IU/2023/306
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 27 ޑިސެންބަރު 2023 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ސީނިއަރ އޮޑިޓަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޓަނަލް އޮޑިޓް ޑިވިޜަން – ހ.ސޯމިލް

އަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 16،800ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާނަމަ 1500ރ
  • ޕްރޮފެޝަނަލް އެލަވަންސް (އޭސީސީއޭ މެމްބަރޝިޕް ހާސިލްކޮށްފައިވާނަމަ) 3500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ގުޅުންހުރި ދާއިރާއަކުން MNQF ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަޤާމާއި ގުޅޭދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ނުވަތަ ގުޅުންހުރި ދާއިރާއަކުން MNQF ލެވެލް 6/5 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަޤާމާއި ގުޅޭދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރާންސްޕޯޓް ސަރވިސް ޑިވިޜަން / ގްރޭޓަރ މާލެ އޭރިއާ

އަދަދު

 02

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 10,000ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު (ޝެޑިއުލް އާއި އެއްގޮތަށް)

ޝަރުޠު

  • ޖިސީއީ އޯލެވެލް 03 މާއްދާއިން ފާސްވެފައިވުން ނުވަތަ
  • މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 03 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
  • އަސާސީ ތައުލީމް ފުރިހަމަކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެސިސްޓަންޓް މެޓީރިއަލްސް މެނޭޖްމަންޓް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ރިޕެއަރ އެންޑް މެއިންޓޭނަންސް ޑިވިޜަން

އަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 11،300ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ ނުވަތަ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 6 ދުވަހު – ދުވާލަކު 8 ގަޑި އިރު

ޝަރުޠު

  • އެމްއެންކިއުއެފް ލެވެލް  4 ގެ ސަނަދެއް ނުވަތަ އޭލެވެލް ފުރިހަމަކޮށްފައިވުމާއި އެކު މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޖީސީއީ އޯލެވެލް 03 މާއްދާއިން ފާސްވެފައިވުމާއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2023 ޑިސެމްބަރ  31ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން  2024 ޖެނުއަރީ01 ން 2024 ޖެނުއަރީ 20 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

20 ޑިސެންބަރު 2023