ކުއްޔަށް ދިނުން
ނަންބަރު: 421/IUL/2015/17
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި:
30 މާރިޗު 2015 11:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. ވާދޫ ސިނާއީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން:
މިރަށު ސިނާއީ ސަރަޙައްދުން ( ބަނދަރު ސަރަޙައްދު، ހުޅަނގުފަރާތް ) އެކިއެކި މަސައްކަތްކުރުމަށާއި، އާންމު ވިޔަފާރިތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ދެންނެވި ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 6 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ނުވާފަރާތްތަކާއި، ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯނުނަންބަރު 6840005 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެވެ.
19 މާރިޗު 2015