ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-D/1/2015/25
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 31 މާރިޗު 2015 14:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ސިސްޓަމްސް ޕްރޮގްރާމަރ

މަޤާމު

އެސިސްޓެންޓް ސިސްޓަމްސް ޕްރޮގްރާމަރ

މަޤާމުގެ ރޭންކާއި

ކުލަސިފިކޭޝަން

އެމް.އެސް.2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:

01

މުސާރަ:

-/6،295 (ހަހާސް ދުއިސައްތަަ ނުވަދިހަ ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 (ދެހާސް) ރުފިޔާ

އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް

 (އަސާސީ މުސާރައިގެ %35)

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ.

މަޤާމުގެ ޝަރުޠުތައް:

 

 

 

  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • އައި.ޓީ ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި، ކުރިއެރުމަށް މަސައްކަތްކުރުމާއި، އައި.ޓީ ޔުނިޓަކީ ނަތީޖާ ހާސިލުކުރާ ތަނަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • އޮފީހުގެ އައު ވެބްސައިޓް ޤާއިމުކުރުމާއި ވެބްސައިޓްގެ މެއިންޓެނަންސް މަސައްކަތްކުރުން، ކްލެމެންސީ ބޯޑުގެ ވެބްސައިޓާއި އެމްވީލޯ ސައިޓް ތައްޔާރުކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން، އިންޓްރާ ނެޓްސައިޓާއި ވެބްސައިޓާއި މިކަންކަމާގުޅޭ ނެޓްވާކުތަކާ ގުޅޭ އެންމެހައިކަމެއް ކުރުން.
  • އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް މެއިންޓަނަންސްކުރުމާއި ސެކިއުރިޓީ ބެލެހެއްޓުން.
  • އޮފީހުގެ މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި އާލާތްތައް ހޯދާ ޤާއިމުކޮށް ބެލެހެއްޓުން.
  • ކޮމްޕިއުޓަރތަކުގެ ސޮފްޓްވެއަރއަށްދިމާވާ މައްސަލަތައް ހައްލުކުރުމާއި ސޮފްޓްވެއަރ ބޭނުންކުރާނެގޮތްތައް އަންގައިދީ މުވައްޒަފުން ތަމްރީންކުރުން.
  • އައު ސޮފްޓްވެއަރ ޑިވެލޮޕްކުރުމާއި، ޤާއިމުކުރުމާއި، އަޕްގްރޭޑްކުރުމާއި، ހަރުދަނާ ކުރުމުގެ ކަންތައްތައް ކޮށް ބެލެހެއްޓުން.
  • ކޮމްޕިއުޓަރ ސިސްޓަމްތައް މަސައްކަތްކުރެވޭ ފެންވަރުގައި އަބަދުވެސް ބެހެއްޓުމާއި ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އެންޓިވައިރަސް އަޕްޑޭޓްކޮށް ބެލެހެއްޓުން.      
  • މުވައްޒަފުންނަށް އީމެއިލް އެކައުންޓް ހެދުމާއި، މިކަމާގުޅޭ އެންމެހައި ކަންތައް ބެލެހެއްޓުން.
  • މީގެ އިތުރުންވެސް އޮފީހުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ވެބްސައިޓް ޑިޒައިންކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ކޮމްޕިއުޓަރ ނެޓްވާރކް އެޅުމާއި ޑިޒައިން ކުރުމާއި މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސަރވަރ ކޮންފިގަރ ކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރިވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

އެޕްރީލް މަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.     

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  • ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ؛
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ؛
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  • ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ؛
  • މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

28 ޖުމާދަލްއޫލާ 1436     

19 މާރިޗު 2015