ބީލަން
ނަންބަރު: GS-20/IUL/2023/36
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި:
31 ޑިސެންބަރު 2023 13:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އިޢުލާން |
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!
- 01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 29 ނޮވެމްބަރ 2023ގައިކުރި (ނަންބަރ (GS-20/IUL/2023/32އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 20 އިން 2023 ޑިސެމްބަރ 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 26 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 27 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެމްބަރު 31 ވާ އާދީއްތަ ދުވަހުގެ13:00ގައި މި ސުކޫލްގައެވެ.
ހދ. އަތޮޅު މަދަރުސާ
ހދ. ވައިކަރަދޫ، ދިވެހިރާއްޖެ
ފޯން: 6520056
އީ-މެއިލް: [email protected]
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ޑިސެންބަރު 2023