ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)D06-HC/2023/05
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:04
ނ. ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުމްރާއަށް ދިއުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުން
2024 ވަނަ އަހަރު އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް ރަށުގައި ހުރެގެން ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
އެހެން ކަމުން، އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފުލުއެންޒާ ވެކްސިން ޖަހާފައި ނުވާ ނަމަ، އެ ފަރާތްތަކުން 27 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ ފޯނު ނަންބަރަށް (6560609) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ވެކްސިން ޖަހަންޖެހޭ މުއްދަތު، ވެކްސިންގެ އަގު އަދި އެހެނިހެން މައުލޫމާތު ތިރީގައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.
ވެކްސިން | ޑޯޒް | ދޭގޮތް | ދޭންޖެހޭ މުއްދަތު | އަގު |
ޕޯލިއޯ ވެކްސިން | 1 ޑޯޒް (2 ތިކި) | އަނގަ އަށް | އަހަރަކު 1 ފަހަރު | ޑޯޒަކަށް 30ރ |
މެނިންޖައިޓިސް ވެކްސިން | 1 ޑޯޒް | މަސްގަނޑަށް | 3 އަހަރުން 1 ފަހަރު | ޑޯޒަކަށް 175ރ |
އިންފުލުއެންޒާ ވެކްސިން | 1 ޑޯޒް | މަސްގަނޑަށް | އަހަރަކު 1 ފަހަރު | ބޭސްފިހާރައިން ގަނެގެން |
19 ޑިސެންބަރު 2023