ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2015/12
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 29 މާރިޗު 2015 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

މި އޮތޯރިޓީއަށް ތިރީގައިވާ މަޤާމަށް މުވައްޒަފަކު ހޯދަންބޭނުންވެއެވެ.

މަޤާމުގެ ނަން:

ޑެޕިއުޓީ މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މަސައްކަތުގެ ދާއިރާ

މާރކެޓް ޑިވެލޮޕްމަންޓް އެންޑް ރިސާރޗް ސެކްޝަން، މާރކެޓް ޑިވެލޮޕްމަންޓް، ޓްރެއިނިންގ އެންޑް އިންވެސްޓަރ އެޑިއުކޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

7875.00 ރުފިޔާ  

އިނާޔަތްތައް:

  • ފުޑް އެލެވެންސް: - 35.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)
  • ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތައް
  • ސީ.އެމް.ޑީ.އޭގައި މަސައްކަތް ކުރާތާ އެއްއަހަރުވުމުން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ، 10 އަހަރުވަންދެން ދެވޭނެއެވެ.

ޝަރުޠުތައް:

  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން.
  • އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، މިދާއިރާއިން ދަށްވެގެން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެއެވެ. އަދި ވަޒީފާ ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެޕިޓަލް މާކެޓާއި ގުޅުން ހުރި ކަންކަމަށް ތައްޔާރުކުރާ ޕޮލިސީ ޕޭޕަރުތަކަށް ބޭނުންވާ ދިރާސާތައްކުރުން.
  • އޮތޯރިޓީގެ އެނުއަލް އަދި ކުއާރޓާލީ ރިޕޯޓުތައް ތައްޔާރުކުރުން.
  • އޮތޯރިޓީން ހިންގާ އެކި ޕްރޮގްރާމްތަކުގައި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުން.
  • އެކި ސާރވޭތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސް އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް

ނޯޓު:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި އިންޓަރވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ އަސްލު ގެންނަންވާނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އޮތޯރިޓީން ކަނޑައަޅާ މަޢުޟޫއެއްގެ މައްޗަށް ބިނާކޮށް ދިވެހި ނުވަތަ އިނގިރޭސި ބަހުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، މިއޮތޯރިޓީން ކަނޑައަޅާ ލިޔުމެއް ދިވެހި ބަހަށް އަދި އިނގިރޭސި ބަހަށް ތަރުޖަމާކުރަންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއުއަށް ބަލާ، އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހުު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެެެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއި (އެޕްލިކޭޝަން) ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމއެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015