ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2023/97
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 15 ޖަނަވަރީ 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

1445 ވަނަ އަހަރުގެ ރަމަޟާންމަހު ދިއްދޫ މަސްޖިދުލް ޣުފުރާންގައި ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް މި ކައުންސިލުން ބޭނުންވާތީ ، އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

 ވީމާ،1445  ވަނަ އަހަރުގެ ރަމަޟާންމަހު ދިއްދޫގައި ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ބޭފުޅަކު މި ކައުންސިލަށް ހޯދަދިނުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 15 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން މި ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.

17 ޑިސެންބަރު 2023