ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ މަސްޖިދުލް އިޚްލާސްގެކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުން
ގދ. ތިނަދޫ މަސްޖިދުލް އިޚްލާސްގެ ކަރަންޓުގެ ބޮޑެތި މައްސަލަތަކެއް ޖެހިފައިވުމާއިއެކު، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ކަރަންޓު ކޭބަލްތައް ވަނީ ބަދަލުކުރަންޖެހިފައެވެ. އަދި މިމައްސަލައާއި ގުޅިގެން ބަދަލުކުރަން ޖެހޭ ސޮކެޓް އަދި ޑީބޯޑު ބަދަލުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައި އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 24 ޑީސެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން މުއްދަތު |
19 ޑިސެންބަރު 2023- 24 ޑިސެންބަރު 2023 |
|
24 ޑިސެމްބަރު 2023 ގެ 13:00ގެ ކުރިން |
ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް |
ބީލަން ހުށަހެޅުން |
28 ޑިސެމްބަރ 2023 |
އަންގާރަ |
11:00 |
ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި |