ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)335-AS/335/2023/151 ( 19 ޑިސެމްބަރ 2023 ) އިޢުލާނާއެކު ޢާއްމު ކުރެވިފައިވާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓަށް ބައެއް އިޞްލާޙުތައް ގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް، އަލުން ދާއިމީ ލިސްޓް މިއިޢުލާނާއެކު ޢާއްމުކުރަމެވެ.
އަދި ގޯތި ދޫކުރުމުގެ އުޞޫލުގެ 4 އަދި 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން މިބުރުގައި ގޯތި ލިބޭނެ ފަރާތްތަކުގެ ލިސްޓްވެސް މިއިޢުލާނާއިއެކު އެވަނީއެވެ. އަދި ގޯތިދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެމަތީން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން 288 ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށް ޤުރުޢަތުލާންޖެހޭ ފަރާތްތަކުގެ މެދުގައި ޤުރުއަތުލުން މިކައުންސިލުން ކުރިއަށް ގެންދެވޭނެއެވެ.
އަދި ދަންނަވަމެވެ. މިބުރުގައި ގޯތި ހައްޤުވާމިންވަރަށް ދާއިމީލިސްޓުން ޕޮއިންޓްލިބިފައި ތިބި ދެމަފިރިންގެތެރެއިން ޕޮއިންޓް އެއްވަރުވެގެން ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް ފިޔަވާ، އެހެން ދެމަފިރިން ބޭނުންވާނަމަ ލިއުމަކުން އެދެފަރާތުން ހުށަހަޅުއްވައިފިނަމަ ގޯތިދިނުމުގައި ކައުންސިލުން އެކަމަށް ރިޢާޔަތް ކޮށްދޭނެވާހަކަވެސް ދެންނެވީމެވެ.