ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2015/11
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 01 އޭޕްރިލް 2015 14:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިސްލާމް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                     އިސްލާމް ޓީޗަރ

ބޭނުންވާ އަދަދު:                1 (އެކެއް)

ވަޒީފާ އޮތް އޮފީސް:              ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

މަޤާމުގެ ގިންތި:                 ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :      ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ، ސިލަބަސް ނިންމުން.
  2. މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރު ގަޑި ނަގައިދިނުން.
  3. ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން.
  4. ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަންޕްލޭން ތައްޔާރުކޮށްފައި ހެޑް އޮފް ޑިޕާޓްމަންޓުގެ ސޮއި ހޯދުމާއި، ލެސަން ޕްލޭންތަކާއި، ކިޔަވައިދިން ފިލާވަޅުތަކުގެ ރެކޯޑް ބެލެހެއްޓުން.
  5. މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވައިގެން ދަރިވަރުންނަށް ތަޖުރިބާ ހޯދައިދިނުން.
  6. ހަމަޖެހިފައިވާ ރަސްމީގަޑީގެތެރެއިން ކްލާހުގައި ނުހުންނަ ގަޑީގައި ކުދީންގެ ފޮތްތައް މާކުކޮށް، ލެސަން ނޯޓުތައް ތައްޔާރުކޮށް، ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުން.
  7. ދަރިވަރުންގެ އެންމެހައި ރެކޯޑްތައް ބަލަހައްޓައި އެކަމުގެ ޒިންމާނެގުން. (މީގެ ތެރޭގައި، ދަރިވަރުންގެ ހާޒިރީ، ދަރިވަރުންކޮށްފައި މަސައްކަތްތަކުގެ ރެކޯޑްތައް، ދަރިވަރުންގެ މާކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރެކޯޑްތައް ހިމެނެއެވެ.)
  8. ކޮންމެދުވަހަކު، ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤާއި ހާޒިރީގެ ކަންތައްތަކުގައި ކަނޑައެޅިފައި އޮންނަ އުޞޫލާއެއްގޮަތަށް ދަރިވަރުންނާމެދު ފިޔަވަޅުއަޅަން ޖެހޭފަދަ ޙާލަތްތަކުގައި ބެލެނިވެރިޔާއަށް އެކަން އަންގާފައި ފިޔަވަޅު އެޅުން.
  9. ކޮންމެ ސެމެސްޓަރއެއް ނިމޭއިރު، އެ ޓީޗަރަކު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚްލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު އެޓީޗަރެއްގެ ސުޕަރވައިޒަރަށް ހުށަހެޅުން.
  10. ހެޑް އޮފް ޑިޕާޓްމަންޓުގެ އިރުޝާދުގެދަށުން ޔުނިޓް ޓެސްޓް ޕޭޕަރާއި، ސެމެސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު، ހީރަސްޖެހުމާއި، ޔުނިޓް ޓެސްޓްތަކާއި ސެމެސްޓަރ ޓެސްޓްތައް ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޜަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން.
  11. މެއި/ޖޫން އެޑެކްސެލް އިމްތިޙާން ދަރިވަރުން ހަދަމުންދާއިރު، މި ސެންޓަރުން ކަނޑައަޅާ ސުޕަރވިޜަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން.
  12. ކޮންމެ ސެމިސްޓަރއެއް ނިމުމުން، ދަރިވަރުންގެ ރިޕޯޓް ތައްޔާރުކުރުމާއި، އެކަމާ ގުޅޭ ހުރިހާކަމެއް ކުރުން.

މަޤާމުގެ ޝަރުޠު:                                              

މަޤާމުގެ

ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

9,910.00

2,500.00

  • ކިޔަވައިދޭ  މާއްދާއަށް  ޚާއްޞަކުރެވިފައިވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ   ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ   ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި  އޮތުމާއެކު،  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް   5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ތަޢުލީމީ  ދާއިރާއިން  ނުވަތަ  ކިޔަވައިދޭ މާއްދާއަށް  ޚާއްޞަކުރެވިފައިވާ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

  އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮއްފައިވާ ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ކިޔަވައިދޭ މާއްދާއަކުން ދެވޭ ޓޮޕިކަކަށް ކިޔަވައިދިނުމާއި، ޕާރޕޯމަންސަށް ބަލައިގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު  ހޮވުމަށް އިންޓަވިއު އޮންނާނީ، 5 އެޕްރީލް 2015 އާއި 9 އޭޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު  9:30 ން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv ން) ނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 1 ވަނަ ދުވަހުގެ 14:00 އަށެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ 3321330 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015