ދިވެހިރާއްޖެ
ދިޔަމިގިލީ ސްކޫލް
ތ. ދިޔަމިގިލި ، ދިވެހިރާއްޖެ
ނަންބަރު: DM / 04 / 2023 /I-14
އިޢުލާން
2024 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
01 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރު 2023 އިން 26 ޑިސެމްބަރު 2023 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9.00 ން 14.00 އަށް މިސްކޫލަށް ހާޒިރުވެ ނުވަތަ ފޯނު މެދުވެރިކޮށް ސްކޫލް އޮފީހުގައި ނަން ނޯޓް ކުރުން އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. އަދި ނަން ނޯޓް ކުރައްވާ ފަރާތްތަކުން، 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 10.00 އަށް ސްކޫލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިވިވަޑައިގަންނަވާނެއެވެ.
ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި
ފޯން: 7755913 / 7869965
އީމެއިލް: [email protected]
06 ޖުމާދަލްއާޚިރާ 1445
19 ޑިސެމްބަރ 2023