ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)25-A5/25/2023/25:ނަންބަރު
އިޢުލާނު |
|||||||||||||||||||||||||||||||||||||||
މަޤާމު: |
ލީގަލް ކައުންސެލް |
||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ވަގުތީ (2 އަހަރު) |
||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކު: |
އެމް.ޕީ.އެސް. 10 |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ލީގަލް އެފެއާޒް ޑިޕާޓްމަންޓް) |
||||||||||||||||||||||||||||||||||||||
މުސާރަ: |
-/18,000 ރ. |
||||||||||||||||||||||||||||||||||||||
ލިވިންގ އެލަވަންސް: |
-/10,000 ރ. |
||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
- ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މިނިސްޓްރީއާއި، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަން އަދި އެމްބަސީތަކަށް ބޭނުންވާ އެގްރީމަންޓްތައް ދިރާސާކޮށް، އެހީތެރިވެދިނުން. 2- މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ފޮނުވާ ސިޓީތަކަށް/ކޮމިޔުނިކޭޝަންތަކަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 3- ބައިނަލް އަޤްވާމީ މުޖުތަމަޢު އާއި ދިވެހިރާއްޖެއާއި ގުޅޭ ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާއި ގުޅޭ ރިޕޯޓް، ބްރީފް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 4- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދަޢުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ލައިން މިނިސްޓްރީތަކާއި ގުޅިގެން ތައްޔާރުކުރުން. 5- ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމާއި، މުޢާހަދާ ރެޓިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6- އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްޢަޤްވާމީ ޖަލްސާތަކަށް ޑިވިޜަނުން ތައްޔާރުކުރަންޖެހޭ މައުލޫމާތު ކަރުދާސް ތައްޔާރު ކުރުން. 7- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ގާނޫނީ ލަފާތައްތައްޔާރުކުރުމާއި ކްރެޑެންޝަލްސް އާއި އިންސްޓްރުމަންޓް އޮފް އެކްސެޝަންފަދަ ޤާނޫނީ ލިޔެކިއުންތައްތައްޔާރުކުރުން. 8- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓް، އަހަރީ ރިޕޯޓް، ޕޮޒިޝަން ޕޭޕަރ، ބްރީޕް ޕޭޕަރ، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ، ފައިލިންގ، ރެކޯޑް ބެލެހެއްޓުމާއި ގުޅޭ ފަދަ މަސައްކަތްތައް ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް، ޑިޕާޓްމަންޓުގެ ސުޓާފުން ސުޕަވައިޒްކުރުން. 9- ޑިޕާޓްމަންޓްގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި އެ މުވައްޒަފުން އެސެސްކުރުމާއި، މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީންތައް ފާހަގަކޮށް ކަމާބެހޭ ޑިވިޜަންއަށް އެންގުން. 10- މިނިސްޓްރީގެ ރަސްމީ މަސައްކަތައި ގުޅިގެން އިސްވެރިންގެ އިރުޝާދާއެކު އެހެން ޑިޕާޓްމަންޓުގެ މަސައްކަތުގައި އެހީތެރިވުން.
|
||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރޭއިން މަދުވެގެން 2 އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރޭއިން މަދުވެގެން 2 އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރޭއިން މަދުވެގެން 2 އަހަރު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. |
||||||||||||||||||||||||||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް - ލޯ - ޝަރީއާ - އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް |
|||||||||||||||||||||||||||||||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް - ލޯ - ޝަރީއާ - އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް - |
|||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %50 (ފަންސާސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
|
||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޑިސެމްބަރު 2023 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސަތްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ. |
||||||||||||||||||||||||||||||||||||||
އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، މުއްދަތް ހަމަވާތާރީހުންފެށިގެން 2 ހަފްތާތެރޭގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ދިމާވާ ޙާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ. |
||||||||||||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް " އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ބެލޭނެ ލިންކް: |
||||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941/3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
06 ޖުމާދަލްއާޙިރު 1445
19 ޑިސެމްބަރު 2023