ބީލަން
ނަންބަރު: (IUL)GS129/2023/17
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 27 ޑިސެންބަރު 2023 10:00
ފައިނު ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

 2024ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި (IUL)GS129/2023/16ނަމްބަރު އިއުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން  24 ޑިސެމްބަރ 2023 ވާ އާދިއްތަދުވަހުގެ ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެމްބަރ 2023 ވާ ބުދަދުވަހު ހެނދުނު 10:00އަށް މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

19 ޑިސެންބަރު 2023