ދެންނެވުން
ނަންބަރު: (IUL)271-ESMS/271/2023/25
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 26 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ތަކުގެ ވެރިފަރާތް ހޯދުން

ރުއްތަކުގެ ތަކުގެ ވެރިފަރާތް ހޯދުން

މިރަށު މެޖިސްޓޭކޯޓުގެ ހުޅަނގުފަރާތުގައިވާ ބިން ސާފުކުރުމަށްޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމަށްޓަކައި، މިއިދާރާއިން ނޫކުލައިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

 

މިއިދާރާއިން ޖަހާފައިވާ ނަންބަރު

ރުއްތައް ހުރި ސަރަޙައްދު

1 އިން 14އަށް

" މެޖިސްޓްރޭޓް ކޯޓުގެ ހުޅަގުބިން  "

ވީމާ، ރުއްތަކުގެ ވެރިފަރާތުން 26 ޑިސެމްބަރ 2023 ވާ ( އަންގާރަ ) ދުވަހުގެ 13:00 ކުރިން، ރުއްތަކުގައިގައި މި އިދާރާއިން  ޖަހާފައިވާ ނަމްބަރާއި ރުއްގަހުގެ ދަފްތަރު ނަމްބަރު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް އަންގަވާދެއްވުން އެދި ދެންނެވީމެވެ.

ޤާނޫނު ނަންބަރު 98/21 މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުން ދެންނެވުނު ރުއްގަހުގެ ވެރިފަރާތް މިކައުންސިލްގެ ރުއްގަހުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ރުއްގަހަކަށް ބަދަލުދެވެން ނެތް ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ވެރިފަރާތެއް ވާކަން ނާންގާކަމުގައި ވާނަމަ ރުއްގަހުގެ ވެރިފަރާތެއް ނުވާކަމުގައި ބަލައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޑިސެމްބަރ 2023 

19 ޑިސެންބަރު 2023