ޢާންމު މަޢުލޫމާތު
ނަންބަރު: 153-SE/IUL/2023/16
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:28
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އެލަމްނައިއެއް އިންތިޚާބުކުރުން

އިޢުލާން

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އެލަމްނައިއެއް އިންތިޚާބުކުރުން

ޤައުމީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޔުނިވަރސިޓީ ކައުންސިލަށް މެންބަރެއް އައްޔަންކުރުމަށް ބޭނުންވެގެން 30 ނޮވެންބަރު 2023 ވަނަ ދުވަހު ކުރެވުނު ނަންބަރު: 153-SE/IUL/2023/15އިޢުލާނަށް އިޖާބަދެއްވާފައި ވަނީ 5 ފަރާތަކުންނެވެ. އަދި މިފަރާތްތަކުގެ މައުލޫމާތު ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިވަނީއެވެ.

  1. މުޙައްމަދު ޝާފިޢު
  2. ޢާއިޝަތު ޖަޒްލީ
  3. ޝާޠިފް ޢަލީ
  4. އާމިނަތު އީނާސް
  5. ޑރ. އަޙްމަދު ރިޔާޟް ޖައުހަރީ

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ން 14:00 އަށެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ 18 ޑިސެންބަރު 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެލަމްނައި އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 އެލަމްނައިއެއް އިންތިޚާބުކުރުމަށް ޔުނިވަރސިޓީގެ 4 ކެމްޕަހުގައި ވޯޓު ލެވޭ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. ކެމްޕަސްތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކޮންމެ ކެމްޕަހެއްގައި މަދުވެގެން 10 މީހުން ރަޖިސްޓްރީ ކުރުމުންނެވެ. ކެމްޕަސްތަކުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ކެމްޕަހުގައި ވޯޓު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު އަދި އެލަމްނައި އެސޯސިއޭޝަންގެ މެންބަރުންގެ ލިސްޓެއް މި އުޢިލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

ފޯމު ފުރުމަށްފަހު އީމެއިލުން ނަމަ، [email protected] އަށް ނުވަތަ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް ފޮނުއްވުންއެދެމެވެ.  

06 ޖުމާދަލްއާޚިރާ 1445

19 ޑިސެންބަރު 2023  

19 ޑިސެންބަރު 2023