ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2023/22
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:36
ސުންގަޑި: 31 ޑިސެންބަރު 2023 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން

 

 

1445 ވަނަ އަހަރު ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖު ކޯޓާއަށް، މީހުން ޙައްޖަށް ގެންދިއުމަށްމިކުންފުންޏަށް ޙަވާލުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސުމާއި ގުޅިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

މިގޮތުން 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޚާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ. ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00އެވެ.

 

 

ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      މި އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް (މި ފޯމް މިކުންފުނީގެ އޮފީހުގެ ވެބްސައިޓް (www.mhcl.mv އިން ވެސް ލިބިވަޑައިންނަވާނެއެވެ.  http://mhcl.mv/downloads.html) 

2-      މި އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސަރޓިފިކޭޝަން ފޯމް

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް

18 ޑިސެންބަރު 2023