މަސައްކަތް
ނަންބަރު: 116-FB2/IFB/2023/60
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 24 ޑިސެންބަރު 2023 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"20 ޓީ.ޕީ.ޑީ ސެކަންޑް ޕާސް އާރ.އޯ ޕްލާންޓްއެއް" ސަޕުލައިކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"20 ޓީ.ޕީ.ޑީ ސެކަންޑް ޕާސް އާރ.އޯ ޕްލާންޓްއެއް" ސަޕުލައިކޮށް ބަހައްޓައިދޭނެފަރާތެއް ހޯދުމާއި ބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މިކުންފުނީގެ ބޭނުންތަކަށް "20 ޓީ.ޕީ.ޑީ ސެކަންޑް ޕާސް އާރ.އޯ ޕްލާންޓްއެއް" ސަޕުލައިކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 24 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ. 

      "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

18 ޑިސެންބަރު 2023