ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)305-ME305/305/2015/36
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 25 މާރިޗު 2015 10:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ރ. މާކުރަތު ޕްރީސްކޫލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ރ. މާކުރަތު ޕްރީސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: IUL)305-ME305/305/2014/9)ފ(02 ފެބުރުވަރީ 2015) އިޢުލާނަށް އިޖާބަ ދެއްވައި ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރާ ވާހަކަ ދެންނެވީމެވެ.

އިދާރީ މެޝިނަރީސް

ތަފުސީލު

އަދަދު

#

ފޮޓޯކޮޕީމެޝިން (މަލްޓި ފަންކްޝަން)

1

1

ކޮމްޕިއުޓަރ ސިސްޓަމް (i3 ނުވަތަ i5 ޕްރޮސެސަރ، 500GB ހާރޑް ޑްރައިވް، 2GB ނުވަތަ 4GB ރެމް)

1

2

ޕްރިންޓަރ HP LaserJet Pro P1102 Printer

1

3

ފެކްސް މެޝިން (BROTHER MFC 7220)

1

4

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

އަންދާސީހިސާބުތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް

1- މަސައްކަތުގެ އަގަށް:   %85 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)

2- މަސައްކަތުގެ މުއްދަތަށް: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)

3- މަސައްކަތުގެ ތަޖުރިބާ: % 05

  - ތަޖުރިބާގެ ގޮތުގައި ބެލޭނީ، މިފަދަ ތަކެތި ވިއްކާކަން އެނގޭނެ ފަދަ ލިޔުންތަކަށް ބަލައިގެންނެވެ.

  - ތަޖުރިބާ ގިނަ ފަރާތްތަކަށް ގިނަ މާކްސް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580015 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015