މަސައްކަތް
ނަންބަރު: (IUL) 426-EB/426/2015/23
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 29 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ކުނި މެނޭޖްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

އައްޑޫސިޓީގެ ކުނި މެނޭޖްކޮށް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

ޕްރޮޖެކްޓް: އައްޑޫސިޓީގެ ކުނި މެނޭޖްކޮށް ބެލެހެއްޓުން

އައްޑޫސިޓީގެ ކުނި މެނޭޖްކޮށް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އައްޑޫސިޓީގެ ކުނި މެނޭޖްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންފުޅުވާ މަޢުލޫމާތު http://adducity.gov.mv/media/CityCouncilFiles/SWMP_FOR_ADDU_CITY_final_Nov2013.pdf މިލިންކުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7772969 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިމަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ރާއްޖޭގެއަދި ރާއްޖޭން ބޭރުގެ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް ހުޅުވާލަމެވެ. އަދި މިކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަކީ މިޚިދުމަތް ދެވޭނެ ފަދަ ޤާބިލު އަދި ތަޖުރިބާހުރި ފަރާތްތަކެއްކަން ސާބިތުކޮށްދެއްވަންވާނެއެވެ.

އީ.އޯ.އައި ހުށަހަޅުއްވާ ފަރާތްތަކުން ބޭނުންވާނަމަ ކޮލިފައިވުމަށްޓަކައި ޖޮއިންޓްވެންޗަރއެއް ހެދިދާނެއެވެ. މިޚިދުމަތަށް ކޮންޓްރެކްޓަރަކު ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް ތައްޔާރުކޮށްފައިވާ މާކިންސްކީމަށް ބަލައިގެންނެވެ. އީ.އޯ.އައި ތައް 29 އެޕްރީލް 2015 ބުދަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެެއިލުން ނުވަތަ ފެކްސް ނުވަތަ ޕޯސްޓުން ފޮނުއްވަންވާނެއެވެ. ހުށަހަޅާ އީ.އޯ.އައި އެޑްރެސްކުރައްވާނީ:

ޢަބްދުޞާދިޤު

މޭޔަރ

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ، ދިވެހިރާއްޖެ

ފޯން: 6885898

ފެކްސް: 6888002

އީމެއިލް: [email protected]

25 ޖުމާދަލްއޫލާ 1436 

16 މާރިޗު 2015