ދިވެހިރާއްޖެ
ސެކިއުރިޓީ ސިސްޓަމެއް ޤާއިމުކުރުމާބެހޭ
މިއިދާރާގައި ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމަށްޓަކައި ކެމެރާ ސިސްޓަމެއް ގަނެ އެސިސްޓަމް ޤާއިމުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: B-407/2015/18ފ(2015–02–25) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިއިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ސެކިއުރިޓީ ކެމެރާ ސިސްޓަމް ގަނެ ސިސްޓަމް މިއިދާރާގައި ޤާއިމުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ހުށަހެޅޭ އަންދާސީހިސާބުތަކަށް މާކްސް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިންނެވެ.
1- ތަކެތި އަދި ޚިދުމަތުގެ އަގަށް ދެވޭ މާކްސް: % 75
2- ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް: % 10
3- މަސައްކަތް ނިންމުމަށްފަހު މެއިންޓެނަންސްކޮށް ނުވަތަ ސާރވިސްކޮށްދޭ މުއްދަތަށް ދެވޭ މާކްސް: % 15
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
25 ޖުމާދަލްއޫލާ 1436