ބީލަން
ނަންބަރު: (IUL)272-ESMS/272/2023/127
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 27 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒު (އޭ އަދި ބީ) ، ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

އިޖުތިމާޢީ މަރުކަޒު (އޭ އަދި ބީ) ، ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ މަރުކަޒު (އޭ އަދި ބީ)، 1 (އެކެއް) އަހަރުގެ މުއްދަތަކަށް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއި ކާޑުގެ ކޮޕީ އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2023