ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PR/295/2023/97
އިޢުލާން
މިއިދާރާގައި ބޭނުންކުރަމުންދާ 1.5 ޓަނުގެ ޕިކަޕާއި 350 ކިލޯގެ ޕިކަޕްގެ އެތެރޭގައި 3 އެމްއެމް ގެ ދަނގަޑު ފިލާ އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި އިދާރާއިން ކުރި ނަމްބަރ: (IUL)295-PR/295/2023/94 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:05 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އެސްޓިމޭޓް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
17 ޑިސެމްބަރ 2023