ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/Eng/2015/039 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަނަށްގެ ޓީވީ މޯލްޑިވްސްގެ އިމާރާތާއި، ދިވެހިރާއްޖޭ އަޑުގެ އިމާރާތާއި، ޓްރާންސްމީޓިންގ ސްޓޭޝަންގައި، ހުރި އަލިފާން ނިއްވިތައް މަރާމާތު ކުރުމާއި، އަލަށް އަލިފާން ނިއްވި ބަހައްޓަން ބޭނުންވާ ތަންތަނުގައި އަލިފާން ނިއްވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL) MBC-FP/MBC/2015/052)އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެމަސައްކަތް ކޮށްދެއްވުމަށް އެދި ދެވަނަ ފަހަރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް އަލިފާން ނިއްވިތައް މަރާމާތުކުރުމާއި އަލަށް އަލިފާން ނިއްވި ބަހައްޓައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
27 ޖުމާދަލްއޫލާ 1436