ދިވެހިރާއްޖެ
ވިލިނގިލީ ސެކްޝަން ހިންގާ އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުން:
މި އިދާރާގެ ވިލިނގިލީ ސެކްޝަން ހިންގާ ޢިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/185) އިޢުލާނާ ގުޅިގެން އެ މަސައްކަތްކުރުމަށް އެގްރީމެންޓް ކޮށްފައިވާ ފަރާތުން އެމަސައްކަތް ކޮށްފައިނުވާތީ، މަތީގައި ބަޔާންކޮށްފައިވާ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، ވިލިނގިލީ ސެކްޝަން ހިންގާ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
29 މާރިޗު 2015 |
މާލޭ ސިޓީ ހޯލް |
އާދީއްތަ |
13:00 |
އަގު ހުށަހެޅުއްވުމަށް |
06 އެޕްރީލް 2015 |
މާލޭ ސިޓީ ހޯލް |
ހޯމަ |
11:30 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
27 ޖުމާދަލްއޫލާ 1436