ދިވެހިރާއްޖެ
މި އިޢުލާންވަނީ 18 ޑިސެންބަރު 2023 11:50 ގައި ބާތިލް ކުރެވިފައެވެ.
`
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ކަނޑުހުޅުދޫ،ދިވެހިރާއްޖެ
ނަންބަރު: (IUL)/P10C/2023/15
އިޢުލާން
ޝަރުޢީ މައުޛޫނުންގެ ދަފްތަރު އެކުލަވާލުން
މިކޯޓުގައި ޝަރުޢީ މައުޛޫނުންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންވެފައިވާ ގޮތުގެ މަތިން އެކަމަށް އެދި މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އެލަވަންސް:
ޢަޤުދުކޮށްދޭ ކޮންމެ ކާވެންޏަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
ހުށަހަޅަންޖެހޭ ލިޔުންތައް:
- ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމަށް އެދޭ ސިޓީ
- ވަނަވަރު
- ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ޝަރުޢީ މައުޛޫނުކަމުގެ ހުއްދައިގެ ކޮޕީ
- ރެކޯޑް ސާފުކޮށްފައިވާ "ކުށާއި ދަރަނީގެ ރެކޯޑު ބަލާ ފޯމް" (ހަމައެކަނި ކުށުގެ ރެކޯޑް) - ރެކޯޑް ބަލަންވާނީ އުމުރަށް
ލިޔުންތައް ހުށަހަޅަންވާ ގޮތާއި ތާރީޚް:
މިކަމަށް އެދޭ ފަރާތްތަކުން 28 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
18 ޑިސެމްބަރ 2023