ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)491/491/2023/1000
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 11 ޖަނަވަރީ 2024 12:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ

ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓް (އޭ.ޑީ.ބީ ފަންޑް)

ޕްރޮޖެކްޓް އިންޖިނިއަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އޯ.ސީ.އައި) އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓްގެ އައުޓްޕުޓް 5 ގެ މަސައްކަތްތައް އިމްޕްލިމެންޓް ކުރުމަށް ޕްރޮޖެކްޓް އިންޖިނިއަރއެއް ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް https://infrastructure.gov.mv ގައި އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 ޑިސެންބަރު 2023