ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2023/98
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 21 ޑިސެންބަރު 2023 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހާބަރ ސެކިއުރިޓީ އޮފިސަރ

އިޢުލާނު

 

މަޤާމު:

ހާބަރ ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ނަންބަރު:

_

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް – 1 އަހަރާއި 11 މަސް)

މަޤާމުގެ ރޭންކު:

SS1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3,100.00ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00ރުފިޔާ

ރިސްކް އެލަވަންސް

_

ކޯއެލަވަންސް

1,200.00ރުފިޔާ

މިނިމަމްވޭޖް އެލަވަންސް

-

ސްޕެޝަލް ޑިއުޓީ އެލަވަންސް

1,085.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތާއި އެހެނިހެން އެލަވަންސް:

ޝިފްޓް ޑިއުޓީ އުސޫލުން ކޮންމެ ދުވަހަކު ހެނދުނު 06:00 ން 12:00 އަދި 12:00 ން 18:00

ޝިފްޓް ޑިއުޓީ އެލަވަންސް (ހެނދުނު 06:00 ން ރޭގަނޑު 18:00 އަށް ދުވާލަކަށް 25 ރުފިޔާގެ ރޭޓުން)

ފޯން އެލަވަންސް 250.00 ރުފިޔާ

ރަމަޟާންމަހުގެ ޙާއްޞަ އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ބަނދަރުގެ ނެރުގެ އެއްގަމު ފައިކަށީގެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލް ތަންފީޒުކޮށް، އެ އުޞޫލާއި ޚިލާފްވާ ފަރާތްތަކުގެ މަޢްލޫމާތު ލަސްނުކޮށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް އެންގުން.
  • ކުރެންދޫ ފެރީ ސްޓޮޕް މޮނިޓަރކުރުން.
  • ކައުންސިލް އިދާރާގެ ބޭނުމަށް ގެންނަ މުދާ އުފުލަން ޖެހިއްޖެ ޙާލަތުގައި މުދާ އުފުލުން.
  • ލަފާފުރުމަށް ދަތިވާގޮތައް އަމަލުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރަށް ނަސޭޙަތްތެރިވުން.
  • ބަނދަރު ސަރަހައްދުގައި މުދާ ބަހައްޓާ ފަރާތްތައް ލޮގް ކުރުމާއި، މުއްދަތައް ތަން ހުސްކުރާކަން ކަށަވަރުކުރުން.
  • ކުރެންދޫ މޮނިޓަރިންގ އަށް ލާ ޙާލަތްތަކުގައި ކުރެންދޫ ބަނދަރަށް ލަފާ އުޅަނދުފަހަރާއި ފުރާ އުޅަނދުފަހަރު މޮނިޓަރ ކޮށް ބެލެހެއްޓުން.
  • މޮނިޓަރިންގެ އުޞޫލާއި ޚިލާފަށް ޢަމަކުރާ އުޅަނދުފަހަރުގެ މަޢްލޫމާތު، ލަސްނުކޮށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް އެންގުން.
  • ޙާއްސަ ޙާލަތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތު:

  • ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
  5. (ނޯޓް: ތަޢުލީމީ ސެޓްފިކެޓް ހުށަނާޅައި ފަރާތްތަކަށް، ލިޔަން ކިޔަން އެނގޭތޯ ބެލުމަށް ޓެސްޓެއް ދެވޭނެއެވެ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

  • މިފަދަ ވަޒީފާއެއްގައި އުޅެތަޖުރިބާ ލިބިފައިވުން.
  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • ސެކިއުރިޓީ އޮފިސަރު ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން
  • ސްމާރޓް ފޯނާއި ސޯސަލް މީޑިޔާއަށް އަހުލުވެރިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެމްބަރ 21 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާން އޮންނާނީ، (24 ޑިސެމްބަރ 2023) އާއި (30 ޑިސެމްބަރ 2023) އާ ދެމެދު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620001 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

     މިހެންވެ، އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

17 ޑިސެންބަރު 2023