ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް |
ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ |
މަޤާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް |
MS1 |
ބޭނުންވާ އަދަދު |
1 (އެކެއް) |
މުސާރަ |
މަހަކު -/5610 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
އޮފީސް |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ |
ޑިވިޜަން / ސެކްޝަން |
ޕޮޕިއުލޭޝަން އެންޑް ރިޕްރޮޑަކްޓިވް ހެލްތު |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ރިޕްރޮޑަކްޓިވް އެންޑް މެޓަރނަލް ޗައިލްޑް ހެލްތު ޕްރޮގްރާމްގެ ދަށުން ހިންގަންޖެހޭ ހަރަކާތްތައް، ކަމާބެހޭ ޕޮލިސީއާއި ސްޓްރެޓެޖީގައިވާ ޤަވާއިދުގެ މަތިން ރާވައި، ވިލަރެސްކޮށް، ހިންގުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުމާއި، ޕްރޮގްރާމުން ހިންގާ ހަރަކާތްތަކުގެ ރިކޯޑާއި ޚަރަދުގެ ތަފްސީލު ރިކޯޑުތައް ސަރުކާރުގެ ޤަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އިންތިޒާމުގެމަތިން ބެލެހެއްޓުން. |
ތަޢުލީމާއި ތަޖުރިބާ |
|
މަޤާމް |
ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ |
މަޤާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް |
MS1 |
ބޭނުންވާ އަދަދު |
1 (އެކެއް) |
މުސާރަ |
މަހަކު -/5610 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
އޮފީސް |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
ޑިވިޜަން / ސެކްޝަން |
ކޮމިއުނިކަބަލް ޑިސީސަސް ކޮންޓްރޯލް ޕްރޮގްރާމްސް |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ރާއްޖޭގައި ފެތުރޭ ގައިންގަޔަށްއަރާ ބަލިތަކާއި، އަލަށް ތަޢާރަފްވަމުން އަންނަ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތާއި، ރާއްޖޭގައި ޢާންމުކޮށް އުޅޭ ބަލިތަކާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމާއި، ދިރޭ ސޫފާސޫފިން ޖެހޭ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށް، ނުރައްކާތެރި ބަލިތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ތަޢުލީމާއި ތަޖުރިބާ |
1. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ 3. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
ސުންގަޑި |
2015 އެޕްރީލް 6 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ އެޕްރީލް މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެެވެ. |
27 ޖުމާދަލްއޫލާ 1436