މަސައްކަތް
ނަންބަރު: (IUL) 417-CA/417/2015/15
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި:
31 މާރިޗު 2015 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ޙާފިޡަކު ހޯދުމާބެހޭ
އިމާމުވެ ތަރާވީޙުނަމާދު ކުރުމަށް ޙާފިޡަކު ހޯދުމާބެހޭ
މިއަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާނުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ޙާފިޡަކު މިކައުންސިލަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައިމިވާ މަޢުލޫމާތާ އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު:
- ޙާފިޡު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމުގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ.
- ޙާފިޡު ހޯނޑެއްދޫއަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ޙާފިޡު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ޙާފިޡު ހޯނޑެއްދޫއާ ހަމައަށް ފޮނުވައިދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
- ޙާފިޡު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ކުރާނީ މި ކައުންސިލުންނެވެ.
- 17 ޖުލައި 2015 ވަނަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫން ފުރުމުގެ އިންތިޒާމު ޙާފިޡު ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.
- ޕޮއިންޓް ދެވޭނެ މިންގަނޑު
-
- ހުށަހަޅާ އަގު 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޖުމާދަލްއޫލާ 1436
17 މާރިޗު 2015