މަސައްކަތް
ނަންބަރު: (IUL)448/1/2015/35
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 29 މާރިޗު 2015 10:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފިހާރައެއް ހަދައި، 900 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

ފުވައްމުލަކު އެއަރޕޯޓްގެ ޓަރމިނަލް ބިލްޑިންގގައި މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެލްމިނިއަމް ފްރޭމަށް ބިއްލޫރި ލައްވައިގެން ޕާޓިޝަން ޖަހައިގެން ފިހާރައެއް ހަދައި، 900 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ފުވައްމުލަކު އެއަރޕޯޓްއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6868688 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015