މަސައްކަތް
ނަންބަރު: (IUL)245/245/2023/121
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 26 ޑިސެންބަރު 2023 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ހިޔާއަށް ބޭނުންވާ ފަރުނީޗަރ ޖަހައި ސަޕްލައިކޮށްދިނުން

1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އިޖުތިމާޢީ ހިޔާއަށް ބޭނުންވާ ފަރުނީޗަރ ޖަހައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245/245/2023/107 އިޢުލާނާ ގުޅިގެން އެކަށީގެންވާ ބީލަމެއް ހުށަހެޅިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއަދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2023 ދުވަހުގެ 14:00 އެވެ. ބީލަން ހުށަހެޅޭނީ، ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/Tn1XPcZLVX

3. މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ‏24‏ ޑިސެމްބަރ‏ 2023‏، ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501013 އަށް ގުޅުއްވުން އެދެމެވެ.

4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏26‏ ޑިސެމްބަރ‏ 2023‏، ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގެ ރޫމުގައެވެ.

 5. ބީލަން ފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

17 ޑިސެންބަރު 2023