ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/136
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:47
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ދިނުމާ ބެހޭ

މިކައުންސިލުން ދޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހެދުމުގެ ޚިދުމަތް، މިކައުންސިލުން ހަދާފައިވާ އުޞޫލު ނަންބަރު: ((DIR)286-MP/286/2023/4) އާއި އެއްގޮތަށް، 17 ޑިސެންބަރު 2023 އިން ފެށިގެން ކުރިޔަށް ގެންދެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އުޞޫލާއި އެއްގޮތަށް، ކުރިންވެސް އަވަސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ބުދަ އަދި ބުރާސްފަތި ދުވަސް، އަވަސް ޚިދުމަތަށް ހާއްސަ ކުރެވިފައިވާކަން އަންގަމެވެ. އަދި 17 ޑިސެންބަރު 2023 އިން ފެށިގެން މިއުޞޫލާއި އެއްގޮތަށް އަމަލުކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ. އަވަސް ޚިދުމަތް ދެވޭނީ، އަވަސް ޚިދުމަތަށް ހާއްސަ ކުރެވިފައިވާ 2 ދުވަހުންކުރެ ކޮންމެ ދުވަހަކުވެސް، ފުރަތަމަ ނަންނޯޓު ކުރާ 10 މީހުންނަށެވެ. ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 14:00 އާދެމެދެ، ކެނދިކުޅުދޫ ކައުންސިލް ނަންބަރު 6560013 އަށް ގުޅުއްވާ ނަންނޯޓު ކުރެވޭނެއެވެ.

އުޞޫލުގައިވާ ގޮތުގެ މަތިން، ބުދަ އަދި ބުރާސްފަތި ދުވަސް ފިޔަވާ އެހެން ރަސްމީ ދުވަސްތަކުގައި، އާންމު ޚިދުމަތް ދޭ އުޞޫލުގެ ތެރެއިން ތިއަރީ ޓެސްޓް ޚިދުމަތާއި ދުއްވުމުގެ ޚިދުމަތް ދެމުން ގެންދާނެ ވާހަކަވެސް ދަންނަވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04  ޖުމާދަލްއާޚިރް  1445 

17  ޑިސެންބަރު   2023

17 ޑިސެންބަރު 2023