ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/154
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 19 ޑިސެންބަރު 2023 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންބޮޑުވުމުގެ ޙާދިސާ އާއި ގުޅިގެން ލިބުނު ގެއްލުމުގެ މަޢުލޫމާތު ހޯދުން

އިޢުލާން

 

ފެންބޮޑުވުމުގެ ޙާދިސާ އާއި ގުޅިގެން ލިބުނު ގެއްލުމުގެ މަޢުލޫމާތު ހޯދުން

           14 ޑިސެމްބަރ 2023 ދުވަހު މިރަށަށް ދިމާވި ފެން ބޮޑުވުމުގެ ޙާދިސާ އާއި ގުޅިގެން މިރަށުގެ ގޭގެއާއި މުއައްސަސާ ތަކާއި ތަންތަނަށް ފެންވަދެ، ގެއްލުން ލިބިފައިވާ ތަކެތީގެ ތަފްޞީލީ މަޢުލޫމާތު 19 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.  އަދި މިމަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުތޯ މިކައުންސިލުން ކަށަވަރު ކުރެވޭނެ އެވެ.

           އަދި ދަންނަވަމެވެ. މިމަޢުލޫމާތަކީ މިޙާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް ކަމާބެހޭފަރާތްތަކަށް ހިއްސާކުރުމަށްޓަކައި ނެގޭ މަޢުލޫމާތުތަކެއް ކަމުގައި ވެސް ދަންނަވަމެވެ.

17 ޑިސެންބަރު 2023