ދިވެހިރާއްޖެ
މި އެޖެންސީއަށް ސީލިންގ މައުންޓް 02 އޭ.ސީ ގެނެސް ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް
މި އެޖެންސީއަށް ސީލިންގ މައުންޓް 02 އޭ.ސީ ގެނެސް ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު IUL)199-CS/199/2015/7) ނަންބަރު އިޢުލާނާ ( 11 މާރިޗު 2015 ) ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
28 ޖުމާދަލްއޫލާ 1436