ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2023/76
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:41
ސުންގަޑި: 31 ޑިސެންބަރު 2023 23:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
"ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކުރުން"

އިޢުލާން

"ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކުރުން" މި ވަޢުދުގެ ދަށުން 06 ސެޕްޓެމްބަރ 2023 އިން ފެށިގެން 16 ނޮވެމްބަރ 2023 ގެ ނިޔަލަށް ޕާކިންގ ވަޔަލޭޝަންގެ ގޮތުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާފުކޮށް ދެއްވާފައެވެ. އެހެންކަމުން 17 ނޮވެމްބަރ 2018 އިން ފެށިގެން 16 ނޮވެމްބަރ 2023 ގެ ނިޔަލަށް ޕާކިންގ ވަޔަލޭޝަންގެ ގޮތުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާތަކެއް މިހާރުވަނީ ސަރުކާރުން މާފުކޮށް ދެއްވާފައެވެ.  ވުމާއެކު ޕާކިންގ ވަޔަލޭޝަންގެ ގޮތުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާތައް މާފުކުރުމަށްޓަކައި، މި ވުޒާރާގެ ރެކޯޑުތައް ވަނީ 13 ޑިސެމްބަރ 2023 ގައި އަދާހަމަކޮށް ނިމިފައެވެ.  

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

01 ޖުމާދަލްއާޚިރާ 1445

14 ޑިސެމްބަރ  2023

14 ޑިސެންބަރު 2023