ދިވެހިރާއްޖެ
2024 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- ޖަމާލުއްދީން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޑިސެމްބަރ 2023 އިން 18 ޑިސެމްބަރ 2023 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/4ZRa61s2ict3MqTd9
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21ޑިސެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގައި ޖަމާލުއްދީން ސްކޫލް ގައެވެ.
6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
ރަށްދެބައި މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3324413
އީ-މެއިލް: [email protected]
14 ޑިސެމްބަރ 2023