ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2023/45
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 25 ޑިސެންބަރު 2023 12:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފީވަކުން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޢާންމުކުރުން

އިޢްލާން

 

                  ށ. ފީވަކުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

                  ވީމާ، އިސްވެ ދެންނެވި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން "ށ. ފީވަކުން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަ ކުރައްވާ 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.  

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

14 ޑިސެންބަރު 2023