ދިވެހިރާއްޖެ
ކިހާދޫ ސްކޫލް
ބ.ކިހާދު ، ދިވެހިރާއްޖެ
ނަންބަރ: GS-131/IUL/2023/10
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
01 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މިސްކޫލުގައި ނަންނޯޓްކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރުން |
ބ.ކިހާދޫ ސްކޫލް |
19 ޑިސެމްބަރ 2023 |
އަންގާރަ |
ސުން ގަޑި: 13:00 |
މަޢުލޫމާތު ދިނުމުގެ ސެޝަން |
ބ.ކިހާދޫ ސްކޫލް |
20 ޑިސެމްބަރ 2023 |
ބުދަ |
މެންދުރުކުރި 10:00 ގައި |
އަންދާސީހިސާބު ހުށައެޅުން |
ބ.ކިހާދޫ ސްކޫލް |
26 ޑިސެމްބަރ 2023 |
އަންގާރަ |
މެންދުރުކުރި 10:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
01 ޖުމާދަލްއާޚިރު 1445ހ
14 ޑިސެމްބަރ 2023މ