ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށްގެން ފެހުމުގެ ހުނަރުތައް ދަސްކޮށްދޭ ބޭސިކް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހުޅުވާލަމެވެ. މިޕްރޮގްރާމުގައި ހެދުން ފަހަން ބޭނުންވާ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމުގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ކަނބަލުންނަށެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ސެޝަނެއް، ރަޖިސްޓްރީވާ ފަރާތްތަކާއެކު ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އ.ތ.މ ކޮމިޓީގެ ރައީސް، ޢާއިޝަތު އީސާ (7781539) އާ ގުޅުއްވުމަށް ދަންނަވަމެވެ.
ލިންކު: https://forms.office.com/r/5BAyXUnL32
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
01 ޖުމާދަލްއާޚިރް 1445
14 ޑިސެންބަރު 2023