ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/133
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 28 ޑިސެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްނަޖާތުގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ނ. ކެނދިކުޅުދޫ / ކެނދިކޮޅު އަވަށު ، '' މަސްޖިދުއްނަޖާތު '' ގެ މިދަންނަވާ މަރާމާތުތައް ، އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ، 28 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް، މި ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލުވުން އޮންނާނީ ، މި ޑިސެންބަރު މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ މީޓިންގ ހޯލްގައެވެ.

ކުރަންޖެހޭ މަސައްކަތްތައް :

1-      މިސްކިތުގެ ފެންޑާ ބައިގެ ތަށިމުށި ބަދަލު ކުރުން

2-      މިސްކިތުގެ އިރުމަތީގެ ކޮޅުގެ ކުކުޅު އަހިކޮޅޫގެ ސީލިން ބަދަލު ކުރުން

3-      ވޯކްވޭ ތަށިމުށި ބަދަލު ކުރުން

4-      މިސްކިތުގެ އިރުމަތީ ކޮޅު ބިތުގައި ތަށިމުށި ޖެހުން ( ސީލިންގ އާއި ހަމައަށް )

5-      މިސްކިތުގެ ދެފަރާތު ފެންޑާގެ އެތެރެ ފާރުތަކުގެ ބިތުގައި މުށިޖެހުން ( ކުޑަ ދޮރުތަކުގެ މަތީކައިރިއާއި ހަމައަށް ) 

6-      މިސްކިތުގެ ގުދަންބައިގެ އެތެރޭގައި 5 ފޫޓް އުސްމިނަށް މުށިޖެހުން

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖުމާދަލްއާޚިރް 1445

14 ޑިސެންބަރު  2023

14 ޑިސެންބަރު 2023