ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަސައްކަތު |
މަޤާމް: |
އެސް. އެސް 1 |
ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ކްލެސިފިކޭޝަން: |
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ |
އޮފީސް / އިދާރާ: |
އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
ސެކްޝަން: |
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / މިސްކިތްތައް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
3100.00 ރުފިޔާ |
މުސާރަ: |
1000.00 ރުފިޔާ |
ސަރވިސް އެލެވަންސް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން. |
މަޤާމުގެ ޝަރުޠުތައް: |
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށް ގޮސް، މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ދިއްލުމާއި، މިސްކިތް ފޮޅައި ސާފުކުރުމާއި، ވަޅުދޮށާއި ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާތައް ރަނގަޅަށް ސާފުކުރުން. - މިސްކިތާއި، މިސްކިތުގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި ސާފުކުރުން. - މިސްކިތުގައި ހަރުކޮށްފައިވާ ފަންކާތަކާއި ދިއްލުންތައް ހަފުތާއަކު އެއްފަހަރު ފޮޅައި ސާފުކުރުމާއި، މިސްކިތުގައި ޖަހާފައިވާ ދިއްލުމެއް އަނދައިފިނަމަ، ލަސްނުކޮށް އެ ދިއްލުމެއް ނަގައި، އާ ދިއްލުމެއް ހަރުކުރުން. - ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުގެ ކުރިން، މިސްކިތުގައި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ދިއްލުމާއި، އިރުއެރުމަށްފަހު ކޮންމެހެން ނިންވަންޖެހޭ ނިންވުންތައް ނިންވުން. - މިސްކިތާއި މަގުފާރުގައި އުނގުޅިފައި ހުންނަ ނަޖިސް ތަކެތި ފެންޖަހައި ދުވަހުން ދުވަހަށް ސާފުކުރުމާއި، މިސްކިތާއި ވުޟޫކުރާ އިސްކުރުބަރީގައި ހޯނުފަދަ ދިރޭ ތަކެތި އުޅޭނަމަ، އެތަކެތި އެތަނަކުން ބޭރުކުރުން. - މިސްކިތުގައި ބިއްލޫރިން ދޮރުތައް ހަދާފައިވާނަމަ، ގްލާސް ކްލީނަރ ޖަހައިގެން އެ ދޮރުތައް ސާފުކުރުމާއި، ފުރާޅުގެ މައްޗާއި ދިޔަދޮވި ތެރެއަށް އެއްޗެއް ވެއްޓިފައިވޭތޯ ބަލައި ފުރާޅާއި ދިޔަދޮވި ސާފުކުރުން. - މިސްކިތު ގޯތިތެރޭގައި ގަސްހައްދައި، ފެންދީ ވިނަ ކޮށައި، ވިނަ ނޮޅައި ސާފުކުރުން (މީގެ ތެރޭގައި، މިސްކިތު ގޯތި ތެރޭގައި ހުންނަ ގަބުރުސްތާނުތައް ނުހިމެނޭނެއެވެ.) - ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާގެ ތެރޭގައި ހަރުކޮށްފައިވާ އިސްކުރުން ފެން ލީކުވޭތޯ ބަލައި، ފެން ލީކުވާނަމަ، އެ އިސްކުރު ބަދަލުކުރުމާއި، މޯޓަރުން ފެން ލީކުވޭތޯ ބަލައި، އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން. - މިސްކިތުގައި ބަހައްޓާފައިވާ ވަޅަށް ވާރޭފެން އެޅޭގޮތަށް ފެންވައިރު އަޅާފައިވާނަމަ، ވާރޭވެހެން ފެށުމުން ފެންގުޅާފައިވާ ފުރާޅާއި ދިޔަދޮވި ސާފުކޮށް ވަޅަށް ފެންގުޅުމާއި، ވާރޭވެހި ނިމުމުން، ވަޅަށް ގުޅާފައިވާ ފެން ބަންދުކުރުމާއި، މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައިވާ ވަޅު ހަޑިވުމުގެ ކުރިން ވަޅުދިޔަ ހިއްކުން. - މިސްކިތަށް ލިބެމުންދާ ގެއްލުންތައް، ސްޕަވައިޒު މެދުވެރިކޮށް، ޤަވާއިދުން ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން. - ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކާއި އޮފީހުގެ ފަރާތުން ބާއްވާ އެކި އެކި ޙަފްލާތަކާއި ރަސްމިއްޔާތުތަކުގައްޔާއި، ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ މާޙައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. - ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް. - މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަވިއު / ޕްރެކްޓިކަލްސް ނުވަތަ ޕްރެޒެންޓޭޝަން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 މާރިޗު 2015 އާއި 3 އެޕްރީލް 2015 އާ ދެމެދު ބުރުނީ ކައުންސިލްގެ އިދާރާގައެވެ. |
އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު: |
2015 މާރިޗު 26 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ހަމަޖެހިފައިވާ އެހެނިހެން އެލަވަންސާއި، ބޭސްފަރުވާގެ ޚިދުމަތާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން. |
އުޖޫރައާއި ޢިނާޔަތްތައް: |
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤަމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަރވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) - ސްކޫލުގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780038 ނަންބަރަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު: |
26 ޖުމާދަލްއޫލާ 1436